އިޢުލާން: އަލްއަސާސް ގުރްޢާން ކްލާހަށް ބޭނުންވާ ތަކެތި ގަތުމަށް ފަންޑް ހޯދުމާއިގުޅޭ
ގއ.ކަނޑުހުޅުދޫ ކައުންސިލްއިން އިމާރާތްކޮށް ރެޖިސްޓްރީކޮށްފައިވާ "އަލްއަސާސް" ގުރްޢާން ކްލާހަށް ބޭނުންވާ ފަރުނީޗަރާއި އެކިއުޕްމަންޓް ސަޕްލައިކޮށްދިނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.
އަދަދު | ނަން | އެސްޓިމޭޓް ޚަރަދު |
20 | ސްޓަޑީ ޗެއަރ | 38،000 |
01 | ޓީވީ (75 އިންޗް) | 22،000 |
01 | ކޮމްޕިއުޓަރ ސިސްޓަމް | 15،000 |
01 | ޕްރިންޓަރ | 7،000 |
01 | ވައިޓް ބޯޑް | 3،000 |
| އެހެނިހެން ޚަރަދު (ގެނައުމުގެ ޚަރަދާއި އެހެނިހެން ޚަރަދު) | 2،500 |
ޖުމްލަ ޚަރަދު | 87،500 |
އެހެންކަމުން މިތަކެތި ހޯދުމަށް މާލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އެދި ދަންނަވަމެވެ.
އެކައުންޓް ނަން: 1466 Kharadhu 2
އެކައުންޓް ނަންބަރ: 7712700467004
26 ޛުލްޙިއްޖާ 1446 ހ.
22 ޖޫން 2025 މ.