ނަންބަރު: (IUL)414/414/2025/58
އިޢުލާން
ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމާއި ބެހޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (ޤާނޫން ނަންބަރު 2010/7) ގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ޖުލައިމަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުން، 13 ޖުލައި 2025 ވާ އާދިއްތަ ދުވަހު 13:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް
· 2024 ވަނަ އަހަރު ކައުންސިލް ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.
· 2024 ވަނަ އަހަރު މަލީ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
12 މުޙައްރަމް 1447ހ.
07 ޖުލައި 2025 މ.