ފެހެލާއިން ވެލި ނެގުމާއި ގުޅޭ

       ނަންބަރު: (IUL)414/414/2025/72

 

 

އިޢުލާން

ފެހެލާއިން ވެލި ނެގުމާއި ގުޅޭ

 

މިރަށުގެ އިޙްތިސާސް ތެރޭގައި ހިމެނޭ "ފެހެލާއިން" ވެލި ނަގަމުން ދާތީވެ، މިކަމުގެ ޝަކުވާ އަންނަނީ މިކައުންސިލަށް ލިބެމުންނެވެ. ފެހެލާއިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށްތައް ގިރުމުގެ މައްސަލަ އިތުރުވުމާއި، އަދި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތުން މި އެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

  16 ސަފަރަ 1447 ހ.

  10 އޮގަސްޓް 2025 މ.