ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު:

(IUL)414/414/2025/76

ނަންބަރު:

 

 

އިޢުލާން

 

 

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު:

            ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ހަތަރުމަހުން އެއްމަހު ބާއްވަންޖެހޭ ބައްދަލުވުން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހު 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެވެ.

             

މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް

1.      ފާއިތުވި 4 މަސަދުވަހުގެ ތެރޭގައި ކުރިއަށް ގެންދެވުނު ހަރަކާތަކުގެ މަޢުލޫމާތު ހިއްސާކުރުން.

2.      ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްޢޫރުތަކުގެ މަޢުލޫމާތު ހިއްސާކުރުން.

3.      ރައްޔިތުންނާއި ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލުން.

 

             ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                       27   ޞަފަރު 1447ހ.

                        21 އޮގަސްޓު 2025މ.