ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު - ކައުންސިލްގެ އާ އިމާރާތާއި ގުޅޭ

މިކައުންސިލް އިދާރާގެ އާއިމާރާތް އެޅުމަށް ބިން ހަމަޖެއްސުމަށްޓަކައި ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމުން ރައްޔިތުން އެދިފައިވާގޮތަށް މިކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި އޮތް ހުސްބިން ކަނޑައެޅުނު ނަމަވެސް އެބިމުގައި އާއިމާރާތް ބޭނުންވާ މިންތައް ހަމައެއްނުވެއެވެ.
މިހެންކަމުން ބިންހަމަނުޖެހި ޕްރޮޖެކްޓް ލަސްވުމަކީ މިކައުންސިލް ނުހަނު ކަންބޮޑުވާ ކަމެއްކަމުގައިވާތީ އާއި އަދި ވީހާވެސް އަވަހަށް މަސައްކަތް ފެށެން އޮތީ ބިމެއް ހަމަޖެހިގެން ކަމަށްވާތީ މިކައުންސިލުން މިވަނީ ރަށުގައި މިވަގުތު ލިބެންއޮތް ހަމައެކަނި ބިން (ކާނިޕާކް އުތުރުން އޮތް ހުސްބިން) ކައުންސިލްގެ އާއިމާރާތް އެޅުމަށް ހަމަޖެއްސުމަށް ނިންމާފައެވެ. ނަމަވެސް ރަށުގެ ބައެއް ފަރާތްތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ މިކަމާމެދު މަޝްވަރާކުރުމަށް ރައްޔިތު ބައްދަލުވުމެއް ބޭއްވުމަށް މިވަނީ ބޭނުންވެފައެވެ.
ވީމާ، މާދަމާ ( 09 ނޮވެމްަބަރ 2025) 11:00 އަށް ވީހާވެސް ގިނަ ރައްޔިތުން ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

08 ނޮވެމްބަރ 2025

ގުޅޭ ފައިލްތައް