ކައުންސިލްގެ އިދާރާއިން ވިޔަފާރި ބިން ކުއްޔަށް ދޫކުރުމަށް ކުރި (IUL)414/414/2024/90 ނަންބަރ އިއުލާނުގައި އިއުލާން ނަންބަރުގެ އަހަރު (2024) ޖެހިފައިވާތީ، މި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މިކައުންސިލުން ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 25 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
ތަފްސީލް | ބިމުގެ އަދަދު | ބިމުގެ ބޮޑުމިން |
(1) ރީޓެއިލް ވިޔަފާރި | 74 ނަންބަރ ކޮށިން 5 ބިން | 1500 އަކަފޫޓު 5 ބިން |
މާކުސް ދެވޭ މިންގަނޑު:
# | ތަފްސީލް | މާކުސް |
1 | ބިމުކުލި)މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާކް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.( | 50 |
2 | ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ. | 20 |
3 | އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް. | 20 |
4 | ބީލަން ހުށަހަޅާ ކެޓަގަރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ. | 10 |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް ހުށަހަޅުއްވާއިރު ބޭނުންވާ ބިން ފާހަގަ ކުރެއްވުން އެދެމެވެ. މިސާލު: ބްލޮކް 74-3
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 16 ނޮވެމްބަރ 2025 ވަނަ ދުވަހު 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 6820020، މޯލްބައިލް: 7916100
އީމެއިލް:[email protected]
06 ނޮވެންބަރު 2025