ނަންބަރ: (IUL)414/414/2025/93
އިޢުލާން
ވިޔަފާރި ބިންތަކުގައި ކުރަން ކަނޑައަޅާފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރި ނުކުރުމާއި ބެހޭ
މިކައުންސިލުން ދޫކޮށްފައިވާ ވިޔަފާރި ބިންތައް ދޫކޮށްފައިވަނީ ވަކި ޚާއްސަ ވިޔަފާރިތަކެއް ކުރުމަށް ކަމަށް ވާތީ، މި ބިންތަކުގައި ކުރުމަށް ކަނޑައެޅިފައި ނުވާ މަސައްކަތެއް ކުރުމަކީ އެ ބިންތަކުގެ އެއްބަސްވުމާއި ޚިލާފުވުން ކަމުގައި ދަންނަވަމެވެ.
ވީމާ، ވިޔަފާރި ބިންތަށް ކުއްޔަށް ނަގާފައިވާ ހުރިހާ ފަރާތްތަކުން، އެ ބިންތަކުގައި ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ވިޔަފާރިތައް ފިޔަވާ އެހެން ވިޔަފާރިއެއް ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.
25 ޖުމާދުލްއޫލާ 1447ހ.