ކޯރު ސަރަހައްދުގައި ފެންސް ޖެހުމަށް ބޭނުންވާ ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުން ކަނޑުހުޅުދޫ ކޯރު ސަރަހައްދުގައި ފެންސެއް ޖެހުމަށް މިވަނީ ބޭނުންވެފައެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް 23 ނޮވެމްބަރ 2025 ވަނަ ދުވަހު 13:00ށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު/ކޯޓޭޝަން ހުށަހަޅުއްވާނީ މިކައުންސިލް އިދާރާގެ ކައުންޓަރަށެވެ.
އަގު ހުށަހެޅުމަށް ދެވޭ މަޢުލޫމާތު:
1. މުޅި ޕައުންޑޭޝަން ދިގުމިން 171 ފޫޓް ( ''6 * ''8 އިންޗް، 10 އެމްއެމްގެ 3 ދަގަނޑު ލައްވައި 8އިންޗިން ރިންގް ލެއްވުން)
2. ޕައުންޑޭޝަނުގައި 10 ފޫޓު 10 ފޫޓުން 3 އިންޗް ހޮލޯ ޕައިޕް ހަރުކުރުން، ހޮލޯ ޕައިޕް ހަރުކުރުމުގައި ހޮޅީގެ ތެރެއަށް 10 އެމް.އެމް 1 ކޮންކްރީޓް ދަގަނޑު ހަރުކޮށް ކޮންކްރީޓް އެޅުން
3. ޕައުންޑޭޝަނުގައި ހަރުކުރާ 3 އިންޗީގެ ހޮލޯ ޕައިޕްގެ އުސްމިން ޕައުންޑޭޝަނު މަތިން ފެށިގެން 3 ފޫޓް
4. ޕައުންޑޭޝަނުގައި ހަރުކުރާ ހޮޅީގައި ދަވާދުލުން ( ރީދޫ ، ކަޅު )
5. ފެންސް އިންނަން ޖެހޭ ގޮތުގެ ކުރެހުން މިއިއުލާނާއި އެކު ހިމެނިފައިވާނެއެވެ.
އާންމު މައުލޫމާތޫ:
މި މަސައްކަތަށް ކައުންސިލުން ހަދާފައިވާ ބީއޯކިއުއަށްވުރެ ބޮޑު ނުވާނަމަ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނެއެވެ.
އަގު ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް:
1. އެސްޓިމޭޓް/ކޯޓޭޝަން
2. އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުއް އެގޭ ސާފުކޮޕީ.
3. ކުންފުނި / ޕާޓުނަރޝިޕް / ކޯޕަރޭޓީވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި ކުންފުނީގެ ޕްރޮފައިލް ޝީޓް.
މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected].mvއަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020، 7916100 އަށް ގުޅުއްވުން އެދެމެވެ. އަދި މި އިއުލާނާއިއެކު މައުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.
19 ނޮވެންބަރު 2025