
(IUL)414/414/2023/63 ނަންބަރ
އިޢުލާން
ރައްޔިތުންނާއެކު ބައްދަލުވުން ބޭއްވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (ޤާނޫން ނަންބަރު 2010/7) ގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ޖުލައިމަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވުމަށް ލާޒިމުކުރާ ބައްދަލުވުން، 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް
1. 2024 ވަނަ އަހަރުގެ މަސައްކަތާވަލާއި ބަޖެޓް ރައްޔިތުންނާއި ޙިއްސާކުރުން.
2. ކައުންސިލުން ހިންގާ ހަރަކާތްތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން.
3. ރައްޔިތުންގެ ސުވާލާއި ޖަވާބު
މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޛުލްހިއްޖާ 1444
2023 ޖުލައި 13