
ނަންބަރު: (IUL)414/414/2023/70
އިޢުލާން
ބަންޑާރަ ގޯތި ދިނުމުގެ އުސޫލާއި ބެހޭ
2023 ވަނަ އަހަރު ގއ. ކަނޑުހުޅުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މި އުސޫލަށް ހިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓު 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އުސޫލަށް ގެންނަން ފެންނަ ހިޔާލުތައް ސިޓީއަކުން އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މުޙައްރަމް 1445
07 އޮގަސްޓު 2023