ގއ. ކަނޑުހުޅުދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2024 ކާމިޔާބު ކަމާއެކު ނިންމާލައިފި

ގއ. ކަނޑުހުހުދޫގެ މުއައްސަސާތަކުގެ އަންހެންކަނބަލުންނަށް ޚާއްސަކޮށްގެން 30 އޮގަސްޓް 2024 ގައި ފެށިގެން ކުރިއަށް ދިޔަ ވޮލީ މުބާރާތަކީ ، ގއ. ކަނޑުހުޅުދޫ އަންހެންކަނބަލުންގެ މެދުގައި ކުޅިވަރު ރޫޙު އާލާކުރުމާއި އަތޮޅު ފެންވަރުގައިއާއި ޤައުމީ ފެންބަރުގެ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ރަށު ކައުންސިލުން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ރަށުގެ 5 މުއައްސަސާއިން 5 ޓީމެއް ވަނީ ބައިވެރިވެ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.  

އެއީ ކަނޑުހުޅުދޫ ކައުންސިލް ޓީމް، ކަނޑުހުޅުދޫ ސްކޫލް ޓީމް (ޓީމް ކޭޑީއެސް)، ކަނޑުހުޅުދޫ އެސްޓީއޯ ބްރާންޗް ޓީމް (އެސްޓީއޯއާރުސީ) ކަނޑުހުޅުދޫ ފެނަކަ ބްރާންޗް ޓީމް (ޓީމް ފެނަކަ) އަދި ކަނޑުހުޅުދޫ ޕޮލިސްޑެސްކެގެ ޓީމް (ޓީމް ބްލޫސް)އެވެ.

މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ މެދުގައި ވާދަވެރި މެޗްތައް ކުޅެވި، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ކަނޑުހުޅުދޫ ޕޮލިސް ޑެސްކްގެ ޓީމް "ޓީމް ބްލޫސް" އެވެ. އަދި ރަނަރަޕްކަން ހޯދާފައިވަނީ ސްކޫލް ޓީމް "ޓީމް ކޭޑީއެސް" އެވެ. އަދި މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ކައުންސިލްއެވެ.

މުބާރާތުގައި ހޮވިފައިވާ މުހިންމު ވަނަތައް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ – މަރިޔަމް ރީޝާ (ބުލޫސް)

މުބާރާތުގެ އުއްމީދީ ކުޅުންތެރިޔާ – އައިޝަތު އިރާޝާ (އެސްޓީއޯއާރުސީ)

މުބާރާތުގެ އެންމެ މޮޅު ކޯޗް – އަހްމަދު އިންގިޔާދު (ބުލޫސް)

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން

1.     މަރިޔަމް ރީޝާ / ބުލޫސް

2.     ޝިފްޒާ އަބުދުލް ސަމަދު / ބުލޫސް

3.     ފާތިމަތު ނަޒްދާ މުމްތާޒު / ޓީމް ކޭޑީއެސް

4.     އައިޝަތު ނަދާ މުމްތާޒު / ޓީމް ކޭޑީއެސް

5.     ޝިބާނާ މުޙައްމަދު / ފެނަކަ

6.     ހައުލަތު ޙުސައިން / އެސްޓީއޯއާރުސީ

މި މުބާރާތަކީ މި ރަށު ފެންވަރުގައި މިހާ ފުރިހަމަ ކަމާއެކު ބޭއްވުން ފުރަތަމަ މުބާރާތެވެ. އަދި މިމުބާރާތް ފުރިހަމަކަމާއެކު ނިންމާލުމަށް އެކި ފަރާތްތަކުން ލިބުނު އެހީތެރިކަން ފާހަގަކޮށް ކައުންސިލުން އެފަރާތްތަކަށް ޝުކުރުއަދާކުރަމެވެ.

09 އޮކްޓޯބަރ 2024