
ބައިނަލްއަޤުވާމީ އިސްރަށްވެހިންގެ ދުވަސް ކައުންސިލާއި އ.ތ.މ ކޮމެޓީއާއި ގުޅިގެން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކައުންސިލުން ވަނީ އުމުރުން ދުވަސްވީ މީހުންނަށް ހަދިޔާ ދިނިމާއި ކޭކް ފެޅުންފަދަ ކަންކަށް ކުރިއަށް ގެންގޮސްފައެވެ.
ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ބާރުއެޅުމަށް ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުންވަނީ ތަފާތު އެކިއެކި މަޢުލޫމާތުވެސް އިސްރަށްވެހިންނަށް ފޯރުކޮށްދީފައެވެ.
މިފަދަ އިވެންޓެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ދިރިއުޅޭ އުމުރުންދުވަސްވީ އެންމެން އެންތަނަކުން ބައްދަލުވެ އެމީހުންގެ އިހްސާސްތަކާއި ޝުޢޫރުތަށް ފާޅުކޮށް އުފާވެރިކަށް ގެނައުމެވެ.