
އަންހެން ކަބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެއްދިޔަ މޫދުކަސްރަތު ޕޮރަގުރާމް 2024 ސެޕްޓަމްބަރު 12 ވަނަ ދުވަހުން ފެށިގެން 2024 އޮކްޓޫބަރ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، 30 ބައިވެރިން ވަނީ ބައިވެރިވެ މިމޫދު ކަސްރަތު ޕްރޮގުރާމު ފުރިހަމަކޮށް 30 ބައިވެރިންވަނީ ސެޓްފިކެޓް ހޯދާފައެވެެ.
އަދި މި ޕްްރޮގުރާމް އިން ބަރުދަށް އެންމެ ލުއިކުރެއްވި 3 ފަރާތަކަށް ވަނީ އިނާމާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މޫދު ކަސްރަތުގެ ގޮތުގައި ހާއްސަކުރެވިގެން ކުރިއަށްދިޔަ މި ޕްރޮގުރާމުގައި ބައިވެރިވި ފަރާތްތަކުން ބުނީ އެ ޕްރޮގުރާމްގެ ސަބަބުން ދުޅަހެޔޮކަން އިތުރުވެފައިވާ ކަމަށެވެ. އަދި ކަސްރަތުގެ ތަފާތު އެއްޗެހިތައް ދަސްވި ކަމަށެވެ. އެހެންވެ އެ ފަރާތްތަކުން އެދިފައިވަނީ ދާއިމީ ގޮތެއްގައި ކަސްރަތު ޕްރޮގުރާމް އެރަށުގައި ކުރިއަށްގެންދިޔުމަށެވެ.