
މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވުނު ސްޓާފް ނައިޓް ވަނީ 16 ޖަނަވަރީ 2025 ވަނަ ދުވަހުގެރޭ ކާމިޔާބު ކަމާއެކު ބޭއްވިފައެވެ.
މި ރަސްމިއްޔާތަކީ މުވައްޒަފުންގެ ހިތްވަރާއި، ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކޮންމެ އަހަރަކު ބާއްވާ ޚާއްސަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް ކުރާ އިހްތިރާމް އިތުރު ކުރުމަށް މަގުފަހި ކުރެއެވެ.
މި ރަސްމިއްޔާތުގައި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެކި ކަހަލ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. އަދި މުވައްޒަފުންނަށް ޚާއްސަ ހަނދާނީ ފިލާތައް ދެވުނެވެ.
ސްޓާފް ނައިޓް ގައި މުވައްޒަފުންގެ ބައިވެރިވުން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިފަދަ ހަރަކާތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް މުވައްޒަފުންގެ ފަރާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.