ކައުންސިލާއި ސިއްޙީ މަރުކަޒާ ގުޅިގެން ރަށުގެ ފިހާރަތައް ބަލައި ޗެކްކޮށްފި

ރަށުގެ ފިހާރަތަކުގައި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމަށް ކައުންސިލާއި ސިއްޙީ މަރުކަޒުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފިހާރަތައް ވަނީ ބަލައި ޗެކްކޮށްފައެވެ.

މި އޮޕަރޭޝަންގައި ފިހާރަތަކުން ފެނުނު މުއްދަތު ހަމަވެފައިވާ ތަކެތި ވަނީ އެ ތަންތަނުން ނަގައި، ކައުންސިލްގެ ބެލުމުގެ ދަށުން ނައްތާލާފައެވެ. މިއީ ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް ގެންދިޔަ ކަމެކެވެ.

ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިފަދަ ޗެކްތައް މުސްތަޤުބަލުގައިވެސް ގަވާއިދުން ކުރިއަށް ގެންދާނެއެވެ. އަދި ފިހާރަތަކުގައި މުއްދަތު ހަމަވެފައިވާ ތަކެތި ބެހެއްޓުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.