ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މިއަދު ފާހަގަކުރެވުނު ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކޮށްފަ

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ގއ.ކަނޑުހުޅުދޫގައި ފާހަގަކޮށްލެވޭ އެއް ހަރަކާތެއްގެ ގޮތުގައި ބޭއްވުނު އަންހެނުންގެ ވޮލީ ކަޕްގައި ގިނަ އަދަދެއްގެ އަންހެން ކުޅުންތެރިން ބައިވެރިވެ، ފޯރިގަދަ ކަޕެއް ކުރިއަށް ގެންދެވުނެވެ.

މީގެއިތުރުން، މި ދުވަހާ ގުޅުވައިގެން ޚާއްސަ ފޮޓޯ ސެޝަންތަކެއް ބޭއްވުނެވެ. މި ފޮޓޯ ސެޝަންތަކުގައި އަންހެނުންގެ ބާރުވެރިކަމާއި ކުރިއެރުން ދައްކުވައިދޭ މަންޒަރުތައް ފޮޓޯކުރެވުނެވެ.