
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ކަމުގައިވާ 1 މޭ ފާހަގަކުރުމަށް ކައުންސިލުން ވަނީ ރަށުގެ ހުރިހާ މުއައްސަސާތަކަށް އަމާޒުކޮށްގެން 2 ދުވަހަށް ބަހާލައިގެން ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިއެވެ. އަދި މޭ 3 ވަނަ ދުވަހު ވަނީ ހުރިހާ މުއައްސަސާތަކަށް ޚާއްސަ ހަފްލާއެއް ބާއްވާފައިވެއެވެ. މިހަފްލާގައި ކުޅިވަރުތަކުން ވަނަވަނައަށް އައި މުއައްސަސާތަކަށް ވަނީ އިނާމް ހަވާލުކޮށްފައެވެ.
މޭ1 ގައި ބޭއްވުނު ޓްރެޝަރ ހަންޓް އިން 1 ވަނަ ހާސިލްކޮށްފައިވަނީ ޓީމް ޕޮލިސް-އެސްޓީއޯ ފާމަސީ–ކޯޓް އެވެ. މޭ 2ގައި ބޭއްވުނު ކުޅިވަރު ހަރާކަތްތަކުން 1 ވަނަ ހާސިލްކޮށްފައިވަނީ ޓީމް ކޭޑީއެސް، 2 ވަނަ ހާސިލްކުރީ ޓީމް ޕޮލިސް–އެސްޓީއޯފާމަސީ-ކޯޓް އަދި 3 ވަނަ ޓީމް ފެނަކައެވެ.
ކައުންސިލުން މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ، މަސައްކަތެރިން އެކި ދާއިރާތަކުން ރަށަށް ކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކުގެ ދުވަހުގެ ބިޒީ މާހައުލުން ބޭރުން، އެކުވެރި މާހައުލެއްގައި ދިމާވެ އެންމެންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. އެގޮތުން ކުރިއަށް އޮތް އަހަރުތަކުގައިވެސް މިދުވަސް މިއަށްވުރެ ފުރިހަމައަށް އަދި ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.