ގއ.ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ޤްރުޢާން މުބާރާތް ވަނީ 24 މެއި 2025 ވީ ހޮނިހިރު ދުވަހު ބޭއްވިފައި، މިފަދަ މުބާރާތްތައް ބޭއްވުމަކީ ރަށުގެ ތަރައްޤީއަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ހަރަކާތްތަކުން ރަށުގެ އެކި އުމުރުފުރާގެ ކުދިންނަށް ލިބޭ ފައިދާ ވަރަށް ބޮޑުކަން ވެސް ފާހަގަކުރެވެއެވެ.މި މުބާރާތުގައި ރަށުގެ ގިނަ ކުދިންތަކެއް ބައިވެރިވެ، އެކި އުމުރުފުރާތަކުން ވާދަކޮށްފައިވާކަން ފާހަގަކުރެވެއެވެ
ކައުންސިލް ޤްރުޢާން މުބާރާތުގައި ވަނީ މުޅި މުބާރާތުން 1، 2 އަދި 3 ވަނަ ހޯދައިވައެވެ. އަދި މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލައި ކިޔުމުގެ ގޮފިންވެސް ވަނީ 1، 2 އަދި 3 ވަނަ ހޯދާފައިވެ. އަދި މުބާރާތުގެ ގަދަ 5 ކާއި މުބާރާތުގެ ކޮންމެ އުމުރުފުރައަކުންވެސް ވަނީ 1، 2 އަދި 3 ވަނަ ހޯދާފައިވެ..
ކައުންސިލް ޤްރުޢާން މުބާރާތުގެ 2025 ގެ މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އާމިނަތު ރައުހާ ޢަބުދުއް ރާޒިޤް، 2 ވަނަ ހޯދާފައިވަނީ އައިޝަތު އައިރާ ނަޝީދު، އަދި 3 ވަނަ ހޯދާފައިވަނީ އާއިޝަތު ސައިނާ ބިންތި ސައުދުﷲ
މި މުބާރާތުގައި ރަށުގެ ގިނަ ކުދިންތަކެއް ބައިވެރިވެ، އެކި އުމުރުފުރާތަކުން ވާދަކޮށްފައިވާކަން ފާހަގަކުރެވެއެވެ. މުބާރާތުގައި ބައިވެރިވި ކުދިންގެ ފެންވަރު ރަނގަޅުކަމާއި، ކުދިންގެ ބެލެނިވެރިންގެ އެއްބާރުލުން ފުރިހަމައަށް ލިބިފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ކަނޑުހުޅުދޫ ކައުންސިލުން މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުކޮށް، ރަނގަޅު ޤާރީން އުފެއްދުމެވެ. އަދި ހަމައެއާއެކު، ރަށުގެ ދަރިވަރުންނަށް މިފަދަ ފުރުޞަތުތައް ހޯދައިދިނުމެވެ.