މި ކައުންސިލްގެ އިޙްތިސާސް ތެރޭގައި ހިމެނޭ "ފެހެލާ" އިން އެކިފަރާތްތަކުން އަމިއްލަ ބޭނުންތަކަށާއި، ވިޔަފާރީގެ ބޭނުންތަކަށް ވެލި ނަގަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ވެލި ނެގުމުގެ ސަބަބުން، ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެ، ރަށުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ވީމާ، ފެހެލާއިން އެއްވެސް ބޭނުމަކު ވެލި ނެގުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ތިމާވެށި ހިމާޔަތްކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިފަދަ ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހުއްޓުވުމުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން މިކައުންސިލަށް ދެއްވުން އެދެމެވެ.
21 މޭ 2026