ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025 ކާމިޔާބީއާއެކު ނިންމާލައިފި

ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025 ކާމިޔާބީއާއެކު ނިންމާލައިފި

ކައުންސިލްތަކާއި މުވައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބޭއްވި "ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025" ކާމިޔާބީއާއެކު ނިމިއްޖެއެވެ. މި ފިއެސްޓާގައި ކުރިއަށްދިޔަ މުހިންމު ދެ މުބާރާތުގެ ތެރެއިން މުވައްސަސާތަކުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ހޯދިއިރު، ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ތަށި ޓީމް ރުންގަނޑާ ވަނީ އުފުލާލާފައެވެ.

ޖުމްލަ ހަތަރު ޓީމަކުން ވާދަކުރި އަންހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވެފައިވަނީ ފެނަކަ، ކައުންސިލް، ހެލްތު އަދި ސްކޫލް ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ޓީމުން ހޯދިއިރު، ރަނަރަޕް ޓީމަކީ ކައުންސިލް ޓީމެވެ. މުޅި ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފެނަކަ ޓީމުގެ މަރިޔަމް ރީޝާއެވެ.

މި ފިއެސްޓާގެ ތެރެއިން ކުރިއަށްދިޔަ ފިރިހެނުންގެ ފުޓްސަލް މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވިއެވެ. އެއީ ހޫ އެފް.ސީ، ޓީމް ރުންގަނޑާ، ކަންމަތި އެފް.ސީ، ފެލްކޯން، އެފް.ސީ އެސްޕާޑާ، އަދި ރަމްޕޭޖް އެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ކަންމަތި އެފް.ސީއާ ވާދަކޮށް، މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ރުންގަނޑާ އެވެ. މި މުބާރާތުގެ ރަނަރަޕް ޓީމަކީ ކަންމަތި އެފް.ސީ އެވެ.

މި ސްޕޯޓްސް ފިއެސްޓާއަކީ ރަށުގެ މުވައްސަސާތަކުގެ މެދުގައި އެކުވެރިކަން ގާއިމުކޮށް، ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ. މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށް އިނާމާއި ތަށި ހަވާލުކުރުން އޮތީ މުބާރާތް ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.