ކައުންސިލްގެ 5 ވަނަ ޤްރުއާން މުބާރާތް ބާއްވާއިފި

ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި 5 ވަނަ ޤްރުއާން މުބާރާތް ނިމުމުގެ ރަސްމިއްޔާތު 7 މާރިޗް 2026 ގައި ބާއްވައި، މުބާރާތުގެ ވަނަވަނައަށް ދިޔަ ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުން ބަހައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި 4 އަހަރުން ދަށުގެ އުމުރުފުރާއާއި، ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1، ކީ ސްޓޭޖް 2، ކީ ސްޓޭޖް 3، ކީ ސްޓޭޖް 4 ގެ އިތުރުން 16 އަހަރުން މަތީގެ އުމުރުފުރާ ހިމެނެއެވެ.

މުޅި މުބާރާތުން އެންމެ މޮޅު ތިން ވަނަ ހޮވާފައިވާއިރު، މުޅި މުބާރާތުން 1 ވަނަ ހާސިލްކޮށްފައިވަނީ ޢާއިޝަތު އައިރާ ނަޝީދު އެވެ

.

2 ވަނަ އާމިނަތު ރައުހާ އަބްދުލް ރާޒިޤް ހާސިލްކުރިއިރު،

މުޅި މުބާރާތުން 3 ވަނަ ހާސިލްކޮށްފައިވަނީ މަރްޔަމް ޒީކް އަބްދުﷲ އެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ފަސް ބައިވެރިން ހޮވައި، އެ ބައިވެރިންގެ ކާމިޔާބީ ފާހަގަކޮށްފައިވެއެވެ. މި މުބާރާތަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤްރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދު މަގުން ޤްރުއާން ކިޔެވުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މަޤްސަދުގައި ކައުންސިލުން ބޭއްވި މުބާރާތެކެވެ.