ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު 17 މެއި 2026 ގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އައު ދައުރަށް އިންތިޚާބުވި ހުރިހާ މެންބަރުން ވަނީ އިޤްރާރުގައި ސޮއިކުރައްވައި، މަޤާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ

.
ކައުންސިލްގެ 5 ވަނަ ދައުރުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ އަޙްމަދު ޝަޙީމް އެވެ. އަދި ކައުންސިލްގެ ނައިބް ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ފާތިމަތު ހައިފާ ޙުސައިން އެވެ. މީގެ އިތުރުން ކައުންސިލް މެންބަރެއްގެ ގޮތުގައި ޙަސަން ލަތީފް ވެސް ވަނީ މިއަދު ހުވާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 5 ވަނަ ދައުރުގެ މެންބަރުންވެސް ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. އެގޮތުން ކޮމެޓީގެ ރައީސާގެ މަޤާމާ އިހްސާނާ އަބްދުﷲ ހަވާލުވެވަޑައިގެންނެވި އިރު، ނައިބް ރައީސާގެ މަޤާމަށް ހަވާލުވެވަޑައިގެންނެވީ މަރްޔަމް އިނާޝާ އެވެ.
މި އައު ދައުރާއެކު ކައުންސިލުން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ އެކި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދާނެއެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ކައުންސިލްގެ ރައީސް އާއި މެންބަރުން ވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.