މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ރަށުގެ ކްލަބްޖަމިއްޔާތަކާއި މުއައްސަސާތައް ގުޅިގެން " ސައްބިސް ފޯރި 3 އޮން 3 ބީޗް ފުޓްބޯލް މުބާރާތް" މި ނަމުގައި ފިރިހެނުންނަށް ޚާއްސަކޮށްގެން 27 ޖުލައި 2026 ގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު 1 ޖުލައި 2026 އިން 12 ޖުލައި 2026 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.
ބައިވެރިވާން ބޭނުންވާ ޓިމްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 12 ޖުލައި 2026 ގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.
ފޯމް ލިންކް:https://xrn2k4ih.forms.app/3x3-beach-futsal-tournament-registration
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
1 ޖުލައި 2026
16 މުޙައްރަމް 1448