ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، "ސައްބީސް ފޯރި ބީޗް 3 އޮން 3 ފުޓްސަލް ޗެލެންޖް" ގެ ނަމުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ. ރައްޔިތުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި މުބާރާތް ބާއްވާފައިވަނީ ޖުލައި މަހުގެ 26 އިން 27 އަށެވެ.
.ޖުމުލަ 7 ޓީމަކުން ވާދަކުރި މި މުބާރާތުގެ ފޯރިގަދަ ކުޅުމަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް "ރުއްގަނޑާ" އެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ޓީމް "ރޮކްސަޓްރީޓް" އެވެ

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުން އެކި ވަނަތަކަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް ވަނީ ޓްރޯފީ އާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ މިނިވަންދުވަހުގެ އުފާ ފާޅުކުރުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށް މުބާރާތް އިންތިޒާމުކުރި ފަރާތުން މައުލޫމާތުދެއެވެ.