ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިޔަ ވޮލީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ގުޅިގެން، ވޮލީ ކުޅެ ކުދިންގެ ހުނަރު އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވޮލީ ކޭމްޕް ވަރަށް ފުރިހަމަކަމާއެކު ނިންމާލައިފިއެވެ.

11 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ހުޅުވާލި މި ފުރުސަތުގައި، ޖުމުލަ 25 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ 16 ޖުލައި 2026 އިން ފެށިގެން 30 ޖުލައި 2026 ގެ ނިޔަލަށް، ޖުމުލަ 15 ދުވަހުގެ މުއްދަތަށެވެ

.

ކޭމްޕްގެ ތަމްރީނުތައް ބައްޓަންކުރެވިފައިވަނީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައިގެން، ދުވާލަކު ދެ ސެޝަނަކަށް ބަހާލައިގެންނެވެ. މިއީ މި ކުޅިވަރަށް ޝައުޤުވެރިވާ ކުދިންގެ ފަންނީ ހުނަރުތައް ތަރައްޤީކޮށް، މުސްތަޤުބަލުގައި ކުޅަދާނަ ކުޅުންތެރިންތަކެއް އުފެއްދުމަށް މަގުފަހިކުރުމުގެ މަޤުޞަދުގައި ހިންގުނު ހަރަކާތެކެވެ.

މި ކޭމްޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޭމްޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރި ގޮތުގައި، މި ކޭމްޕަކީ ބައިވެރިވި ކުދިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބި، ކުދިންގެ ވޮލީ ކުޅުމުގެ ހުނަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަ ކާމިޔާބު ހަރަކާތެކެވެ.