ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގައި ލޯނުގެ އުޞޫލުން ގެދޮރޮ އިމާރާތްކުރުމާއި ބެހޭ
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މާލީ ދަތިތަކާއިހުރެ ގެދޮރޮ އިމާރާތް ނުކުރެވި ރަށުގައި ފަޅު ގޯތިތައް ގިނަވަމުންދާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިމާރާތް ނުކުރެވިހުރި ގޯތި ތަކުގައި ލޯނުގެ އުޞޫލުން ގެދޮރޮ އިމާރާކުރުމުގެ މަޝްރޫއެއް ފެއްޓުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މި މަޝްރޫއު ފެއްޓުމުގެ ކުރިން މިކަމާއިމެދު ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ފޯމް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މި ކަމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލް ހޮޓް ލައިން ނަންބަރ 7916100 އަށް ގުޅުއްވުން އެދެމެވެ.
ފޯމު ލިންކު: https://forms.gle/ZKQRgXZm9cc1k7dUA
19 އޮގަސްޓު 2026 މ.