ކޯރު ސަރަޙައްދުން މަހާއި ޑިންގާ ފަދަ ބާވަތްތައް ހިފުން މަނާކުރުމާއި ބެހޭ

          ރަށުގެ ކޯރު ސަރަޙައްދަކީ ޤުދްރަތީގޮތުން ގިނަ ބާވަތްތަކުގެ މާހާއި ޑިންގާފަދަ ދިރުންތައް އާލާވަމުންދާ ތަނެކެވެ. ނަމަވެސް މިހާރަކަށްއައިސް އެ ސަރަޙައްދުން ގިނައަދަދަކަށް މަހާއި ޑިންގާ ފަދަ ބާވަތްތައް ހިފަމުންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ކޯރު ސަރަޙައްދުގައި އާލާ ވަމުންދާ ގިނަ ދިރުންތައް ނެތި ހިގައިދާނެތީވެ، އެފަދަ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި މިއަދުން ފެށިގެން ކޯރު ސަރަޙައްދުން މަހާއި ޑިންގާ ފަދަ ބާވަތްތައް ހިފުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.  

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   23 ސެޕްޓަމަބަރ 2026މ.