(IUL)414/414/2026/77 | ނަންބަރު: |
|
އިޢުލާން
ގއ.ކަނޑުހުޅުދޫ ކައުންސިލް ވޮލީ މުބާރާތް
ކައުންސިލް ވޮލީ މުބާރާތް 2026 މި މުބާރާތަކީ ގއ.ކަނޑުހުޅުދޫ ކައުންސިލް އިން އިސްނަގައިގެން، ރަށުގެހުރިހާ މުއަޢްސަސާތަކުގެ ފިރިހެން އަދި އަންހެނުންނަށް ހުޅުވައިލެވިގެން ކުރިޔަށް ގެންދެވޭ މުބާރާތަކެވެ. މި މުބާރާތަކީ ކަނޑުހުޅުދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު ޢާލާކުރުމާއި، އަތޮޅު ފެންވަރުގައި އާއި ޤައުމީ ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށް ކަނޑުހުޅުދޫގެ ވޮލީ ކުޅުންތެރިން ތައްޔާރުކުރުމާއި، އަޚްލާގު ރަނގަޅު ނަމޫނާ ވޮލީ ކުޅުންތެރިން މި ރަށުގައި އުފެއްދުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން 25 އޮކްޓުބަރު 2026 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބައިވެރިވުމަށް ފޯމް ހުށަހެޅުން އެދެމެވެ.
ފޯމް ލިންކް: https://forms.cloud.microsoft/r/GLQhFHQhUi
20 އޮކްޓޫބަރު 2026
9 ޖުމާދުލްއޫލާ 1448