ނަންބަރ: (IUL)414/414/2026/88
އިޢުލާން
ސްކޫލް ކުދިންގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން.
މިއީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކައުންސިލްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކުރުހުމުގެ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ކުރެހުމުގެ ފަންނަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމާއި، އުފެއްދުންތެރި ޚިޔާލުތައް ކުރެހުމުގެ ޒަރީޢާއިން ދައްކުވައިދިނުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މިހެންކަމުން ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން 6 ޑިސެމްބަރު 2026 ގެ 13.00 ގެ ކުރިން، ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދެމެވެ.
https://forms.cloud.microsoft/r/yAjr5vejxQ
18 ނޮވެމްބަރު 2026
8 ޖުމާދުލްއާޙިރު 1448